Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ހިލޭ ދޭ ބީއެމްއެލް ގްރާންޓަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ ސްޓާޓަޕް ގްރާންޓްގެ ދަށުން ހިލޭ ދޫކުރަން ނިންމާފައިވާ އެހީ އަށް ހުޅުވާލައިފި އެވެ.

މިއީ އަލަށް ފަށާ އަދި އަހަރެއް އަހަރު ނުވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހުޅުވައިލު ފުރުސަތެކެވެ.

އެގޮތުން ގައިމީ ބޭންކުން ހުޅުވައިލީ އަލަށް ފަށާ 3 ވިޔަފާރިއަކަށް ސްޓާޓަޕް ގްރާންޓް ދިނުމަށެވެ. ކޮންމެ ވިޔަފާރިއަކަށް 500،000ރ. ދޭން ހަމަޖެހިފައިވާ އިރު، މިއީ އަނބުރާ ދައްކަން ވެސް ނުޖެހޭ ގޮތަށް މުޅިން ހިލޭ ދޫކުރާ އެހީއެކެވެ.

ބީއެމްއެލުން ބުނީ ގްރާންޓަށް އެދުމުގެ ފުރުސަތު މި މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 4:00 ހަމައަށް އޮންނާނެ ކަމަށެވެ. އެހީ ހޯދުމަށްޓަކައި ވިޔަފާރީގެ ހިޔާލަކާއެކު ޕްރޮޕޯސަލެއް ހުށައަޅަން ޖެހެ އެވެ.

ބޭންކުން ބުނީ ކޮންމެ ދާއިރާއަކުން ވެސް ވިޔަފާރި ފަށަން ބޭނުންވާ އާންމު ފަރުދުންނަށާއި ރަޖިސްޓްރީކުރި ފަހުން އެއް އަހަރު ނުވާ ވިޔަފާރިތަކަށް މި ފުރުސަތު އޮންނާނެ ކަމަށެވެ.

ގްރާންޓަށް ހޮވޭ ވިޔަފާރިތައް ބީއެމްއެލުން ހޮވާނީ އެކަމަށް ޚާއްސަ އިވެލުއޭޝަން ކޮމެޓީއަކުންނެވެ. ހޮވޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ވިޔަފާރީގެ މުހިންމު މައުލޫމާތުދީ ޓެކްނިކަލް އެހީތެރިކަން ވެސް ފޯރުކޮށް ދޭނެ އެވެ.