ޓެނިހުގެ މަޝްހޫރު މުބާރާތެއް ކަމަށްވާ އަންނަ 'އޮސްޓްރޭލިއަން އޯޕަން' ގެ އަންނަ އަހަރުގެ މުބާރަތުގެ ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓާކާޑް ގެންގުޅޭ ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.
ގައުމީ ބޭންކުން މިއަދު ފެށި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 31 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާން ހަދަން ޖެހޭ ގޮތަކީ ކުރާ ވިޔަފާރިތަކަށް މާސްޓަކާޑުން ފައިސާ ދެއްކުމެވެ. އެގޮތުން ގުރުއަތުން ހޮވޭ މީހަކަށް، އިތުރު މީހަކާ އެކު 'އޮސްޓްރޭލިއަން އޯޕަން" ގެ ފައިނަލް މެޗް ބަލާލަން ހުރިހާ ހަރަދެއްދޭ ގޮތަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެ އެވެ.
އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ކުރިއަށް ގެންދަން ނިންމާފައި އޮތީ ޖެނުއަރީ 12 އިން ފެބްރުއަރީ 1 އަށެވެ. މުބާރާތް އޮންނާނީ މެލްބަން ޕާކްގަ އެވެ.