ގެއްލިގެން ހޯދަމުންދިޔަ "ކޮލަމާ" ބޯޓު" ފެނިއްޖެ އެވެ.
މާލެއިން ފުރައިގެން ގއ. ކޮލަމާފުއްޓަށް ދަތުރުކުރި "ކޮލަމާ" ބޯޓު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:25 ހާއިރު އެވެ.
ފުލުހުން ބުނީ ކޮލަމާ ބޯޓު ފެނިފައިވަނީ އެކެފަރަ ސަރަހައްދުން ކަމަށާއި އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ބޯޓުގެ ކެޕްޓަން ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިއުމަށް ދަތުރުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.