ގެެއްލިގެން ހޯދަމުންދަނިކޮށް ފެނުނު "ކޮލަމާ" ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ އެވެ.
މާލެއިން ފުރައިގެން ގއ. ކޮލަމާފުއްޓަށް ދަތުރުކުރި "ކޮލަމާ" ބޯޓު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:25 ހާއިރު އެވެ.
ފުލުހުން ބުނީ ކޮލަމާ ބޯޓު ފެނިފައިވަނީ އެކެފަރަ ސަރަހައްދުން ކަމަށާއި އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ބޯޓުގެ ކެޕްޓަން ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިލި ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބޯޓުގެ ކެޕްޓަން ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.