އުރީދޫއިން ޑިޖިޓަލް މަސްރޭސް ގޭމް ތައާރަފްކޮށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫއިން ބުނީ މިއަހަރުގެ މަސްރޭހާ ދިމާކޮށް ޑިޖިޓަލް މަސްރޭސް ގޭމް ތައާރަފްކޮށްފައިމިވަނީ، މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް މުބާރާތުގައި އިތުރު ގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. މި ގޭމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަންނަ ބުރާސްފަތި ދުވަހުގެ 23:59 އާ ހަމައަށް ލައިވްކޮށް ކޮންމެ ވަގުތެއްގައި ވެސް، ކޮންމެ ތަނެއްގައި ވެސް ކުޅެވޭނެ އެވެ.
އުރީދޫ މަސް ރޭސް 2025 ގައި ވާދަކުރާ ހަގީގީ ޓީމުތަކުގެ ނަންތައް ހިމެނިފައިވާ މަސް ރޭހުގެ އޮންލައިން ވާޝަނާ އެކު ކޮންމެ ފަރާތަކަށްވެސް ޓީމެއް އިޚްތިޔާރުކޮށް، މަސް ހިފުމަށް ޓެޕްކޮށް، ޕޮއިންޓް އެއްކޮށްގެން ލީޑަރބޯޑުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ލިބިގެންދެ އެވެ.
ޑިޖިޓަލީ ބާނާ ކޮންމެ މަހަކަށް އެއް ޕޮއިންޓް ލިބޭއިރު، މުބާރާތުގެ މުއްދަތުގެ ތެރޭގައި ވެސް ކުޅުންތެރިންނަށް ލީޑާ ބޯޑުގެ ކުރިއަށް އެރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އުރީދޫން ބުނީ ޑިޖިޓަސް މަސް ރޭހުގައި ބައިވެރިވެގެން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދާ މީހުންނަށް ރާއްޖޭގެ އެންމެ ބޮޑު ފިޝިން ޓެކްލް ފިހާރަ ކަމަށްވާ ހައި ފިޝިން ޓެކްލްސްއިން ހާއްސަ އިނާމުތަކެއް ހުށަހަޅާނެ ކަމަށެވެ.
– އެއްވަނަ: ޑައިވާ ސަލްޓިގާ 2025 ރީލް
– ދެވަނަ އަދި ތިންވަނަ: ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ ގޭންގްސްޓާ (އެޗް/ޑީ) ރޮޑްސް
އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް މަސްރޭހުގައި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ހުރިހާ އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އުރީދޫން ބުންޏެވެ.
އަދި މިއީ ދިވެހިންގެ ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތެއްކަމަށް އުރީދޫން ބުންޏެވެ.