Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

މަރަދޫ އާ މިސްކިތް ޑިސެމްބަރަށް ނިމޭނެ

އައްޑޫ މަރަދޫގައި މީގެ ތިން އަހަރު ކުރިން ސަރުކާރުން އިމާރާތް ކުރަން ފެށި އާ މިސްކިތް މި އަހަރުގެ ޑިސެމްބަރަށް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މަރަދޫ ބަނދަރު މަތީގައި އިމާރާތްކުރަމުން އަންނަ އެ މިސްކިތުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންވެ 500 މީހުންގެ ޖާގައިގެ އެ މިސްކިތް ނިމޭނެކަމަށް ލަފާކުރެވެނީ ޑިސެމްބަރުގައި ކަމަށް ބުންޏެވެ.

މި މިސްކިތުގެ ބިންގާ އެޅީ އެޅީ މާޗް 10، 2022 ގަ އެވެ. މިސްކިތުގެ ކޮންޓްރެކްޓަރަކީ ހިތަދޫ ކުންފުންޏެއް ކަމަށްވާ ބީއޭޕީސީ އެވެ.

އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ މިއީ މަސައްކަތް ފަށާތާ 320 ދުވަސްތެރޭގައި ނިންމާ ގޮތަށް 12.7 މިލިއަން ރުފިޔާއަށެވެ.