Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ފެނަަކައިގެ ސީއެފްއޯ އިސްތިއުފާ ދީފި

ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އިސްތިއުފާ ދެއްވީ ޗީފް ލެވެލްގެ އެހެން މަގާމަކަށް ބަދަލު ކުރަން އުޅޭތީ އެވެ.

ފެނަކައިގެ ސީއެފްއޯގެ މަގާމަށް ވަހީދު އައްޔަންކުރީ ސެޕްޓެމްބަރު 11، 2014 ގައެވެ. އަދި އޮކްޓޯބަރު 26، 2023 ގައި އޭނަ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ވެސް ކުރި އެވެ.

އެކަމާ ގުޅިގެން އެ މައްސަލަ ވަޒީފާއާ ޓްރައިބިއުނަލަށް ހުށަހެޅުމުން އެތަނުން ނިންމީ އެ ވަޒީފާ އިން ވަހީދު ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަަށްވާތީ އަނބުރާ ވަޒީފާ ދިނުމަށެވެ.

އެ ނިންމުމާ ގުޅިގެން ވަހީދަށް އަލުން ފެނަކައިގެ ސީއެފްއޯގެ މަގާމު ދިނެވެ.