ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށް މުހައްމަދު ޖިހާދު އައްޔަންކޮށްފި އެވެ.
ޖިހާދު އެ މަގާމަށް އައްޔަނު ކުރުމުން އެކަމަށް މަރުހަބާ ކިޔައި އެ ކުންފުނިން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.
ޖިހާދު މީގެކުރިން ހުންނެވީ ފެނަކައިގެ ޗީފް ރިސޯސް އޮފިސަރު (ސީއާރްއޯ) ގެ މަގާމުގަ އެވެ.
ފެނަކައިގެ ސީއެފްއޯގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަބްދުالله ވަހީދު އެވެ. އޭނާ އެ މަގާމުން މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.