Last Updated: July 8, 21:02
Wednesday, July 8, 2026
ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާޗް ސެންޓަރު ހުޅުވައިފި

ރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާޗް ސެންޓަރު ޖަވަކަރަ އައިލަންޑް މޯލްޑިވްސްގައި ހުޅުވައިފި އެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިގް އިބްރާހިމް އާއި މަަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.

މި ސެންޓަރަކީ ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާތައް ކުރިއެރުވުމަށްޓަކައި ގާއިމުކުރެވުނު މުހިންމު މަރުކަޒެކެވެ.

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ފެސިލިޓީގެ ސަބަބުން ދިވެހިންނަށް ރާއްޖޭގެ އަތޮޅުތަކުގެ ގުދުރަތީ ވެށި (އީކޯސިސްޓަމް) އަދި ކަނޑުފަޅު ރައްކާތެރިކުރުމާ ގުޅޭ ދިރާސާތައް ކުރުމުގެ ފުޅާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ކަނޑުގެ ދިރުންތަކާއި، ކަނޑުގެ ވަށައިގެންވާ މާހައުލާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދައި، އެ ތަކެތި ދެމެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް ހައްލުތައް ހޯދުމަށް މަގުފަހިވާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ، މި ސެންޓަރުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ދިރުންތައް ދިރާސާކޮށް، އެތަންތަން ދެމެހެއްޓުމަށް ކުރެވެންހުރި މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި މިފަދަ ދިރާސާތަކުގެ ނަތީޖާ އަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީއަށް ކުރާ މަސައްކަތަށް ވަރަށް މުހިންމު މައުލޫމާތުކަމަށް ތޯރިގު ވިދާޅުވި އެވެ.

މި މެރިން ރިސާޗް ސެންޓަރާއެކު ރާއްޖެއަކީ ކަނޑުގެ ދިރާސާތައް ކުރާ ބައިނަލްއަގުވާމީ މުހިންމު މަރުކަޒެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.