ކްރިނިމަލް ކޯޓަށް ކޯޓަށް ހާޒިރު ކުރަން އައްޑޫ ހުޅުދޫ މީހަކި ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ހޯދަނީ އެ އަވަށު އޮސްޓްރޭލިޔާ، އިބްރާހީމް ޢިބާދު، 38، އެވެ.
ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހާޒިރުކު ރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 11:00 އަށް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
އެހެންވެ ޢިބާދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.