Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް އާ ލޯގޯއެއް

ދާދި ފަހުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަށް ރީބްރޭންޑްކުރި ކުރީގެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް އާ ލޯގޯއެއް ތައާރަފުކޮށްފި އެވެ.

އާ ލޯގޯ ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ނޫ އުޑާއި، ކަނޑާއި އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ގޮތަށް އަދި ރާއްޖޭގެ ދޫނިސޫފާސޫފިތަކާއި މަސްމަހާމެެއްސާއި ގަސްގަހާގެހި ވެސް ސިފަކޮށްދޭ ގޮތަށެވެ.

ވީއެމްސީން ބުނީ އާ ލޯގޯ އަކީ ރާއްޖެ ޕްރޮމޯޓް ކުރަން ކުންފުނިން ގެންގުޅޭ "މޯލްޑިވްސް" އަދި "މޯލްޑިވްސް: ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ބްރޭންޑިންތަކާ އެކި ބޭނުން ކުރާނެ ލޯގޯއެއް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ނަން ވީއެމްސީ އަށް ބަދަލުކުރީ މިދިޔަ ޖުލައި 14 ގައި ރައީސުލްޖުމްހުރިއްޔާގެ ގަރާރަކުންނެވެ. މި ކުންފުންޏަކީ ރާއްޖޭގެ އިގުތިސާދު އެ ސިނަމާތަކަށް ބަރޯސާވާ، ޓޫރިޒަމް ޕްރޮމޯޓްކުރާ ސަރުކާރުގެ މައި ކުންފުންޏެވެ.