Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ޒޫޓޯޕިއާ 2' ގެ ޓްރެއިލާ ބަލާލަން ވާނެ

ޑިސްނީން މި އަހަރުގެ ނޮވެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އެނިމޭޓެޑް ފިލްމު "ޒޫޓޯޕިއާ 2" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

އެނިމޭޓެޑް ފިލްމުތަކަށް ލޯބިކުރާ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައި އޮތީ ނޮވެމްބަރު 26 ގަ އެވެ.

"ޒޫޓޯޕިއާ 2" އަކީ ޑިސްނީން 2016 ގައި ގެނެސްދިން "ޒޫޓޯޕިއާ" ގެ ސީކްއެލް އެވެ. ބައިރޮން ހޮވާޑާއި ރިޗް މޯ ޑައިރެކްޓްކުރި އެ ފިލްމަކީ ބޮކްސް އޮފީހުގައި 1.025 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. "ޒޫޓޯޕިއާ" ހެދީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. އެ ފިލްމަކީ 89 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އެޑިމޭޓެޑް ފިލްމުގެ އެވޯޑް ވެސް ލިބުނު ފިލްމެވެ.

"ޒޫޓޯޕިއާ 2" ގެ ޑައިރެކްޓް ކުރުމުގައި މި ފަހަރު ބައިރޮންއާ ހިއްސާވެފައި ވަނީ ޖެރަޑް ބުޝް އެވެ. ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނީ އޭނަ އެވެ.

ކުރީގެ ފިލްމާ އެއްގޮތަށް "ޒޫޓޯޕިއާ 2" ގެ ކެރެކްޓާތަކަށް ވެސް ވަރަށް ގނަ ތަރިން އަޑު އަޅައި ދީފައިވެ އެވެ.