ކައިވެނިކުރާ އިރު، ބާއްވަން ބޭނުން ވަަނީ މާ ގޮތްގަނޑު ބޮޑު ނޫން ކުޑަ ހަފުލާއެއް ކަމަށާއި އެކަމަކު ހަނީމޫނަށް ބޭނުން ވަނީ ދިގު ދަތުރެއް ކަމަށް އިންޑިއާގެ ބަތަލާ ޖާންވީ ކަޕޫރް ބުނެފި އެވެ.
މިހާރު އުމުުރުން 28 އަހަރުގެ ޖާންވީ އަކީ ކުރީގެ ބަތަލާ ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ދެ ކުދިންގެ ތެރެއން ދޮށީ ދަރިފުޅެވެ. އޭނަ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މުމްބާއީގެ ވިޔަފާރި އާއިލާއަކަށް ނިސްބަތްވާ ޝިކާރް ޕަހަރިއާއާ އެވެ.
ނަމަވެސް ޝިކާރްއާ ރައްޓެހިވެގެން އުޅޭކަން ޖާންވީ މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމު "ޕަރަމް ސުންދަރީ" ގެ ބަތަލާ "ވޯގް އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ބުނީ ކައިވެނީގެ ހަފުލާ ކުޑަ ބާއްވަން ބޭނުން ވަނީ ވަރަށް މަދު ބަޔަކަށް ދައުވަތު ވެސް ދީގެން ކަމަށެވެ.
"މާ ކުލަގަދަކޮށް ހަފުލާ ބާއްވާކަށް ބޭނުމެއް ނޫން،" ކައިވެނި ކުރާނެ އިރަކާ ބެހޭ އެއްވެސް އިޝާރާތެއް ނުދީ ކުރިއަރަމުން އަންނަ ބަތަލާ ބުންޏެވެ. "ކައިވެނި ހަފުލާގައި އަހަރެން ލާން ބޭނުން ވަނީ މަނީޝް މަލްއުތުރާ ޑިޒައިންކުރާ ވެޑިން ޑްރެސްއެއް. އަދި ހަނީމޫން ވާން ޖެހޭނެ ދިގު ދަތުރަކަށް."
ޖާންވީ ބޮލީވުޑަށް ނުކުތީ 2018 ގެ "ދަޅަކް" އިންނެވެ. އޭނަގެ ފިލްމަކަށް ދެން އެންމެ އަވަހަށް އަންނަނީ އަންނަ މަހުގެ 2 އަށް ތާވަލުކޮށްފައި އޮތް "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ.