Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

މިދިޔަ މަހު ފުލުހުންނަށް 1،003 މައްސަލައެއް

މިދިޔަ މަހުގެ ތެރޭގައި 1،003 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު، އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެފަދަ 304 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ދެވަނަ އެންމެ ގިނައިން އެކްސިޑެންޓްތަކުގެ މައްސަލަތައް ހުށަހެޅި އިރު، އެ އަދަދު އުޅެނީ 236 ގަ އެވެ. ތިން ވަނަ އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ. އެފަދަ 187 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ.

މިދިޔަ މަހު ހުށަހެޅި އިތުރު މައްސަލަތައް:

* އެއްޗެހި ގެއްލިގެން 90 މައްސަލަ
* އަނިޔާގެ 45 މައްސަލަ
* މުދަލަށް ގެއްލުން ދިނުމުގެ 44 މައްސަލަ
* ފޭރުމުގެ 23 މައްސަލަ
* ގެވެށިއަނިޔާގެ 22 މައްސަލަ
* ޚިޔާނަތުގެ 22 މައްސަލަ
* ޖިންސީ ގޯނާ ކުރުމުގެ 19 މައްސަލަ
* ފޯޖް ކުރުމުގެ 11 މައްސަލަ

ކުށް މަދު ކުރަން ފުލުހުންގެ ރާއްޖޭގައި އެކި ހިސާބުތަކުގައި މަސައްކަތް ކުރަމުން އަންނަ އިރު މިދިޔަ މަހު ހުށަހެޅި މައްސަލަތައް އޭގެ ކުރީ މަހަށް ވުރެ ގިނަ އެވެ. ޖުލައިގައި ހުށަހެޅީ 849 މައްސަލަ އެވެ. އަދި އެ މަހު ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތެކެވެ. އެއީ 277 މައްސަލަ އެވެ.