Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޕާޓީތަކަށް ފައިސާ ދޫކުރަން ފޮނުވައިފި

ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ފަސް ޕާޓީއަކަށް ފައިސާ ޖަމާކޮށް ދޭން ބޭންކަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ފަސް ޕާޓީ އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (އޭޕީ) އާއި، ޢަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

މި ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ.

* ޕީއެންސީ: 13,316,689.57ރ.
* އެމްޑީޕީ: 8,454,780.51ރ.
* ޖޭޕީ: 2,656,598.57ރ.
* އެމްޑީއޭ: 1,769,648.69ރ.
* ޢަދާލަތު ޕާޓީ: 1,713,538.65ރ.

އީސީގެ ދަފުތަރު ދައްކާ ގޮތުން މިއަހަރު ޖޫން 30 އާ ހަމައަށް އެންމެ މެންބަރުން ގިނައީ ޕީއެންސީގަ އެވެ.

* ޕީއެންސީ: 68،665 މެންބަރުން
* އެމްޑީޕީ: 43،765 މެންބަރުން
* ޖޭޕީ: 13،456 މެންބަރުން
* އެމްޑީއޭ: 9،011 މެންބަރުން
* ޢަދާލަތު ޕާޓީ: 8،844 މެންބަރުން

އީސީގެ ދަފުތަރުގައި 9 ސިޔާސީ ޕާޓީއެއް އޮތް އިރު ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން އެމްޓީޑީ އުވާލުމުގެ މަސައްކަތް އެކޮމިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.