Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

އައިޝްވާރިއާ ރާއްޖޭގައި

އިންޑިއާގެ ދެކުނުގެ ބަތަލާ އައިޝްވާރިއާ ދެވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އޭނަގެ މި ދަތުރުގެ ފޮޓޯތަކެއް އިންސްޓަގްރާމާއި ފޭސްބުކްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

އައިޝްވާރިއާ އަކީ އާންމުކޮށް ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ ފިލްމުތައް ކުޅޭ ބަތަލާއެކެވެ. އެކަމަކު އޭނަ ބޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެއީ 2018 ގެ "ކާޝީ، އިން ސާޗް އޮގް ގަންގާ" އެވެ.

އައިޝްވާރިއާ އަކީ 2017 ގައި "ފެމިނާ މިސް އިންޑިއާ" ގެ ތާޖު ވެސް ހާސިލުކޮށްފައިވާ ބަތަލާއެކެވެ.

އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން މިހާރު ރާއްޖެ އަށް ޗުއްޓީ އަށް އާދެ އެވެ. އެ ގައުމަކީ މިހާރު ރާއްޖެ އަށް ހަ ވަނަ އެންމެ ގިނަ ޓޫރިސްޓުން އަން ގައުމެވެ.