Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އާރްސީއެލްގެ އޮޕަރޭޝަންތައް އެމްއޭސީއެލަށް ބަދަލުކޮށްފި

އާރްސީއެލްގެ އެމްޑީއަކަށް ކުރިން ހުންނެވި އަހުމަދު މުބީން، އެމްއޭސީއެލްގެ ވެރިންނާ އެކު.

މިހާތަނަށް ރާއްޖޭގެ ޑޮމެެސްޓިކް އެއާޕޯޓުތައް ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ހުރިހާ އޮޕަރޭޝަންތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާޓާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުްނ އަންނަ އެމްއޭސީއެލުން ބުނީ އާރްއޭސީއެލުން ހިންގަމުން އައި ނުވަ އެއާޕޯޓެއްގެ ހިންގުމާ މީގެ ދެ ހަފުތާ ކުރިން އެމްއޭސީއެލުން ހަވާލުވެފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެއާޕޯޓުތަކާ ހަވާލުވި އިރު އެތަންތަނުގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. އެހެންވެ މަރާމާރުތަކެއްކޮށް، ގަންނަން ޖެހޭ ބައެއް އިކުއިޕްމަންޓްތައް ވެސް ހުރުމާ އެކު މިހާރު ފުލް އިންސްޕެކްޝަނެއް ހަދައި ތަކެތި ހަމަކުރުމުގެ މަސައްކަތް ފަށާފައިބާ ކަމަށް އެމްއޭއެސިއެލުން ބުންޏެވެ.

އާރްސީއެލާއި އެމްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.