1. ދުނިޔެވީ އެދުމެއްނެތި ޤުރުއާން ހިތުދަސް ކުރުން
2. ތަޤްވާވެރިކަން އިތުރުކޮށް، ފާފަތަކުން ދުރުވުން
3. ޤުރުއާން ހިތުދަސްކުރާ އެކުވެރިން ހޯދުން
4. ތަކުރާރުކޮށް ކިޔުން
5. ބޭކާރު ކަންކަމާއި އަޑުތަކުން ދުރުވުން
6. ކާޓޫނާ/މިއުޒިކުން ދުރުވުން
7. އާ ތަނެއް ދަސްކުރާ އިރު މުރާޖަޢާ ވެސް އެކުއެކީގައި ކުރިޔަށް ގެންދިޔުން
8. އެކަނި ކިޔެވުމަށް ވުރެ އެހެން މީހަކާ އެކު ކިޔެވުން.
9. ހިތުދަސްކޮށްފައިވާ ސޫރަތްތައް ނަމާދުތަކުގައި ކިޔަވުން
10. ދަންވަރު އަދި ފަތިސް ވަޤުތު ކިޔެވުން
11. ނުކިޔަވާ ގަޑިތަކުގައި ވެސް އަބަދުވެސް ޤުރުއާން ޖަހާފައި ބެހެއްޓުން
12. ތާވަލެއް ހަދާ އެއާ އެއްގޮތަށް މަސައްކަތް ކުރުން
13. ކުށް އިސްލާހު ކުރުމަށް ހިތުދަސްކުރި ބައި މީހަކަށް ކިޔައި ދިނުން
14. އެއް މުސްހަފެއް އަބަދު ވެސް ގެންގުޅުން
15. ދަރިފުޅަށް ބަނޑު ބޮޑުއިރު ޤުރުއާން ގިނަ ގިނައިން އަޑުއެހުން
16. ޤުރުއާން ހިތުދަސް ކުރުމަށް ހަދާފައި ހުންނަ އެޕްތައް ވެސް ބޭނުން ކުރުން
17. އާޔަތްތަކުގައި ބުނާ އެއްޗެއް ދޭހަވުން
18. އަވަސްވެ ނުގަންތުން
19. އާޔަތްތަކުގެ ތަފުސީރު ކިޔުން
20. ހީވާގިކަމާއި ކެތްތެރިކަމާއެކު ކުރިއަށް ދިއުން
ވަރަށް ގިނަ މީހުންނަށް ޤުރުއާން ކިޔަވާލަން ވަގުތުކޮޅެއް ނުދެވެނީ ދިރިއުޅުމުގެ ކަންކަން ބުރަކަމުންނެވެ. ހަނދާންކުރާށެވެ. އެ ބުރަކަން ފިލުވައިލަދޭނެ ބަރަކާތް ޤުރުއާނުގައި ވެއެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެ އެވެ؛ مَن دَلَّ عَلى خَيرٍ فَلَه مِثْلُ أجْرِ فَاعِلِهِ.
މާނައީ: “ހެޔޮ ކަމަކަށް މަގުދައްކައިފިމީހަކަށް އެކަންކުރާ މީހާއަށް ލިބޭފަދަ އަޖުރާއި ޘަވާބު ލިބޭ ހުއްޓެވެ.”
މަސްދަރު: އިލްމު.އެމްވީ