Last Updated: July 8, 19:39
Wednesday, July 8, 2026
ޚަބަރު

އަދީބުގެ އެމްޓީޑީ އުވާލައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ މިއަދުން ފެށިގެން އެމްޓީޑީ އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.

އެމްޓީޑީ އުވާލަން ނިންމާ އެކަން އީސީ އިން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ. އަދި އެމްޓީޑީ އިން ދައްކަންޖެހޭ ދަރަންޏެއްވާނަމަ މިދިޔަ މަހުގެ 31 ގެ ނިޔަލަށް އެކަން އެޕާޓީއަށް ހުށަހަޅައި ނިންމުމަށްވެސް އީސީން އެދިފައިވެ އެވެ.

އެމްޓީޑީ އުފައްދާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޕާޓީގެ ދަފްތަރުގައި ތިބީ 2272 މެމްބަރުންނެވެ.