ފުވައްމުލަކު އެއާޕޯޓްގެ ހަމައެކަނި ފަޔަ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެތަނުގެ އޮޕަރޭޝަންސް މެދުކަނޑާލިތާ ދެ ދުވަސް ފަހުން އޮޕަރޭޝަންތައް ފަށައިފި އެވެ.
އެ އެއާޕޯޓްގެ އޮޕަރޭޝަންސް އިން އަލުން ފެށީ އިއްޔެ ހަވީރު އައްޑޫން ފަޔަ ޓްރަކެއް ގެންދިއުމަށް ފަހު، އޮޕަރޭޝަންތައް ފެށުމަށް އަލުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ފަހު އެވެ. ފުވައްމުލަކު އެއާޕޯޓުން ބުނި ގޮތުގައި މައްސަލަ ޖެހުނު އެތަނުގެ ފަޔަ ޓްރަކް މަރާމާތު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ބާއްވަނީ ގައުމީ އެއާލައިން، މޯލްޑިވިއަނުން އެކަންޏެވެ. އެގޮތުން އާންމުކޮށް ދުވަހަކު ދެ ދަތުރު ބާއްވަ އެވެ.
ފުވައްމުލަކު އެއާޕޯޓް ހުޅުވީ 2011 ގަ އެވެ.