Last Updated: July 23, 18:20
Friday, July 24, 2026
ޚަބަރު

ކަމަދު އަށް ސީޕްލޭން ދަތުރުތައް ފެށުން 11 ގައި

ބ. ކަމަދު އަށް މި މަހުގެ 11 ގައި ސީޕްލޭން ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް މޯލްޑިއަނުން ބުނެފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެތަނުން ބުނީ މި މަބުގެ 11 އިން ފެށިގެން ކޮންމެ ހަފުތާއެއްގެ ވެސް ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހު ކަމަދު އަށް ސީޕްލޭން ދަތުރުތައް އޮންނާނެ ކަމަށެވެ.

އެ ރަށަށް ސީޕްލޭން ދަތުރުތައް ދޭނީ ހޯކްސް ހޮޓެލްސް އާއި މޯލްޑިވިއަން ގުޅިގެންނެވެ. އެކަމުގެ އެއްބަސްވުމުގައި ދެ ކުންފުނީގެ ސޮއިކުރީ މިދިޔަ މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން މިދިޔަ މަހުގެ 11 ގަ އެވެ.

އޭރު ރައީސް ވިދާޅުވީ ކަމަދު އަށް ސީޕްލޭންގެ ހިދުމަތް ފެށިގެން ދިޔުމަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ އިގުތިސާދީ ގޮތުން ކުރިއެރުންތަކެއް އަންނާނެ ކަމެއް ކަމަށެވެ.