Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޝިލްޕާގެ ރެސްޓޯރަންޓް ބަންދުކޮށްލަނީ!

އިންޑިއާގެ ބަތަލާ ޝިލްޕާ ޝެޓީ އާއި އޭނަގެ ފިރިމީހާ ރާޖް ކުންދުރާގެ މައްޗަށް ދާދި ފަހުން ވެސް މަކަރާއި ހީލަތުގެ ތުހުމަތުތަކެއްކޮށްފައި ވަނިކޮށް، މުމްބާއީގެ ބަންޑްރާގައި ހުންނަ ހުންނަ ޝިލްޕާގެ މަޝްހޫރު ރެސްޓޯރަންޓް "ބަސްޓިއަން" ބަންދު ކުރަން ނިންމައިފި އެވެ.

މިކަން އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށް ޝިޕްލާ އެތަނުގެ ހިދުމަތް ލިބޭނެ އެންމެ ފަހު ދުވަހަކީ މާދަމާ ކަމަށެވެ. އޭނަ ބުނީ "ބަސްޓިއަން" އަކީ އެތަކެއް ހަނދާންތަކަކާ ގުޅިފައިވާ ތަނެއް ކަމަށާއި ރެސްޓޯރަންޓް ބަންދު ކުރަން ނިންމާފއިވާތީ މާދަމާ ރޭ ގާތް މީހުންނަށް ހާއްސަކޮށްގެން ހަފުލާއެއް ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ޝިލްޕާ ބުނި ގޮތުގައި 10 އަހަރެއްހާ ދުވަސް ފަހުން "ބަންޓިއަން" ގައި ބަންދު ބޯޑު އަޅުވަން ޖެހުނު ނަމަވެސް އެ ބްރޭންޑްގެ ލެގަސީ ދަހަމައްޓަން އަނެއްކާ ވެސް މުޅިން ދަތުރެއް ފަށާނެ ކަމަށާއި އެކަން ވާނީ އަނެއްކާ ވެސް މުޅިން އާ ތަޖުރިބާއަކަށް ކަމަށެވެ.

ޖާގަ ވަރަށް ތަނަވަސް ވަރަށް އަދި ހިތްގައިމު އިންޓީރިއާއެއް އެކުލެވޭ "ބަސްޓިއަން" ރެސްޓޯރަންޓަކީ މުމްބާއީގައި ދިރިއުޅޭ ވަރަށް ގިނަ ބައެއްގެ ފެވަރިޓް ތަނެކެވެ.

އެތަން ބަންދު ކުރަން ނިންމި ނަމަވެސް އެއީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ޝިލްޕާ ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝިލްޕާގެ ދެމަފިރިންގެ މި ބޮޑު އިންވެސްޓްމަންޓް "ފަނުފުލަށް" ވެއްޓުނީ އާއިލާ އަސް ކުރިމަތިވެފައިވާ މާލީ މައްސަލަތަކަކާ ހެދި އެވެ.

ދާދި ފަހުން ޝިލްޕާ އާއި ފިރިމީހާ ރާޖްގެ މައްޗަށް މުމްބާއީގެ ވިޔަފާރިވެރިއެެއް ކަމަށްވާ ދީޕަކް ކޮތާރީ ވަނީ މަކަރާއި ހީލަތުގެ ތުހުމަތުކޮށްފަ އެވެ. އޭނަ ބުނެފައިވާ ގޮތުގައި ޝިލްޕާގެ ދެމަފިރިންނާ ގުޅިގެން ވިޔަފާރިއަކަށް އިންވެސްޓްކުރަން ހޯދި 60.4 ކްރޯޑް ރުޕީސް (6.9 މިލިއަން ޑޮލަރު) އަށް އެ މީހުން ހިޔާނަތްތެރިވެ، އެ ފައިސާ އެ މީހުން އަމިއްލަ ބޭނުންތަކަށް ބޭނުންކޮށް އޮޅުވާލާފައިވެ އެވެ.

އެ މައްސަލަ ދީޕަކް މުމްބާއީގެ އިކޮނޮމިކް އޮފެންސެސް ވިންގް އަށް ހުށަހެޅުމާ ގުޅިގެން އެކަން އަންނަނީ ތަހުގީގު ކުރަމުންނެވެ.