މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މާދަމާއަކީ ކީރިތި ރަސޫލާގެ ޢީދު މީލާދީ ދުވަސް ކަމަށްވުމާއެކު ސަރުކާރު ބަންދު ދުވަހެކެވެ.
އިމިގްރޭޝަނުން ބުނީ އިމުގަ ޕޯޓަލް މެދުވެރިކޮށް ފާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑި އިރު ލިބިގެންދާނެ ކަމަށެވެ.
އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުމާއި 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އެމަޖެންސީ ހާލަތްތަކުގައިވެސް ހެނދުނު 08:30 އިން 14:00އަށް ޚިދުމަތް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން 14:00އަށް ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.
އަދި މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެ އެވެ.
މެޑިކަލް އެމަޖެންސީ ހާލަތްތަކުގަ 9555333 ފޯނު ނަންބަރަށް ގުޅައިގެންވެސް ޕާސްޕޯޓުގެ ޚިދުމަތް މާދަމާ ދިނުމަށް އިމިްގރޭޝަނުން ވަނީ ނިންމާފަ އެވެ. މި ޚިދުމަތް ލިބޭނީ މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ އޮފީސްތަކުންނެވެ.