Last Updated: June 9, 06:10
Tuesday, June 9, 2026
ދުނިޔެ

ޕަންޖާބުގައި ފެންބޮޑުވެ 354،000 މީހުން ހާލުގައި ޖެހިއްޖެ

ބޯކޮށް ވާތޭ ވެހި އިންޑިއާގެ ޕަންޖާބްގައި ފެންބޮޑުވުމާ ގުޅިގެން 354،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ އެވެ.

ކަމާބެހޭ އިދާރާތަކުން ބުނީ ޕަންޖާބް ސްޓޭޓްގެ ބޯކޮށް ވާރޭ ވެހި، ކޯރުތައް ބައެއް ކޯރުތައް ވެސް ފުރި ބަންޑުންވެފައިވާ އިރު، އެ ސްޓޭޓްގެ 23 ޑިސްޓްރިކްޓެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. މީގެ ސަބަބުން ހާލުގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 354،000 އިން މައްޗަށް އަރާފައި އިރު، މަރުވި މީހުންގެ އަދަދު 30 އަށް އަރަ އެވެ.

މީޑިއާތަކުން ބުނީ އެންމެ ބޮޑަށް ފެންބޮޑުވި ސަރަހައްދުތަކުންނާއި ބިންތިރިކޮށް ހުރި ސަރަހައްދުތަކުން މިހާތަނަށް 20،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހާލުގައި ޖެހުނު މީހުންނަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގްވަންތު މަން ވިދާޅުވީ މިއީ 1998 ގެ ފަހުން އެ ސްޓޭޓަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ފެންބޮޑުވުމުގެ ހާދިސާ ކަމަށެވެ.

ޕަންޖާބުގެ މައިިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. ފެންބޮޑުވުމާ ގުޅިގެން 148،000 ހެކްޓަރުގެ ދަނޑުބިން ވެސް ވަނީ ހަލާކުވެ، ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.