Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ތެލެސީމިއާ ޕޭޝަންޓް ކެއާ ސެންޓަރު ހުޅުވައިފި

ތެލެސީމިއާ ޕޭޝަންޓް ކެއާ ސެންޓަރު ހުޅުވައިފި އެވެ.

ހުޅުމާލޭގައި މޯލްޑިވިއަން ބްލަޑް ސާވިސަސް ހިންގަމުން އަންނަ އޮރެންޖު ހިޔާގައި ހުޅުވި އެ ސެންޓަރަކީ ތެލެސީމިއާ މީހުންގެ ހާލު ބަލައި، އެހީ ފޯރުކޮށް ދިނުމަށް ޚާއްސަ ސެންޓަރެކެވެ.

މޯލްޑިވިއަން ބްލަޑް ސާސަސްގެ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާ ޑރ. އަޙްމަދު ޢުމަރު ވިދާޅުވި ގޮތުގަައި އަލަށް ހުޅުވި ސެންޓަރުން ތެލެސީމިއާ ޕޭޝަންޓުންގެ ކަންކަން ވަރަށް ކައިރީން މޮނިޓާ ކުރާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް އަތޮޅު ތެރޭގައި ތިބި ޕޭޝަންޓުންނަށް ވަކި ޤަވާއިދެއްގެ ދަށުން އެ ސެންޓަރުން ގުޅައި ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތް ބަލާނެ ކަމަށް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ކޮންމެ ތިން މަހަކުން އެއް ފަހަރު ހުރިހާ ޕޭޝަންޓުންނަށް ގުޅައި ޙާލަތު ބަލާނެ ކަަމަށާއި ޙާއްސަ އެހީތެރިކަން ބޭނުންވާނަމަ އިތުރު ސަމާލުކަން ދީގެން ފުރިހަމަ ގޮތުގައި ފަރުވާ ކުރިއަށް ގެންދިއުމަށް މަގުފަހިކޮށް ދޭނެ ކަމަށެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ތެލެސީމިއާ ކުދީންނާއި މީހުންގެ 50 ޕަސެންޓް އުޅެނީ އަަތޮޅުތަކުގައި ކަމަށެވެ. އެހެންވެ އެ ޕޭޝަންޓުންގެ ކަންކަން ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.