Last Updated: July 8, 16:44
Wednesday, July 8, 2026
ޚަބަރު

ދެ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު އަޅަން ހަވާލުކޮށްފި

ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން ވ. އަތޮޅު ފެލިދޫ އަދި ވ. ތިނަދޫގައި ކުނި މެނޭޖުކުރުމުގެ މަރުކަޒުތައް އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ.

މި ދެ ރަށުގައި ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅަން ޙަވާލުކޮށްފައިވަނީ ވީ އަވާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ނިޒާމެވެ. އަދި ވީ އަވާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.

މި މަޝްރޫޢުގެ ދަށުން، މި ދެ ރަށުގައި ޒަމާނީ ފެންވަރަށް ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ރަށްރަށުގެ ތިމާވެށި ރައްކާތެރިކޮށް، ސާފުތާހިރު މާހައުލެއް ގާއިމުކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫޢެކެވެ.