Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ސުޕަމޭން' ގެ ސީކްއެލްއެއް 2027 ގައި

ޖޭމްސް ގަން ޑައިރެކްޓްކޮށް ދާދި ފަހުން ގެނެސްދިން ސުޕަހީރޯ ފިލްމު "ސުޕަމޭން" ގެ ސީކްއެލްއެއް ގެނެސްދޭން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ޑައިރެކްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އާ ފިލްމުގެ ނަމަކީ "ސުޕަމޭން: މޭން އޮފް ޓުމޯރޯ" ކަމަށެވެ. އެ ފިލްމު ސިނަމާތަކަށް ގެންނާނީ ޖުލައި 9، 2027 ގަ އެވެ. "މޭން އޮފް ޓުމޯރޯ" ވެސް ލިޔެ ޑައިރެކްޓް ކުރާނީ ޖޭމްސް އެވެ.

މިދިޔަ ޖުލައި 11 ގައި ސިނަމާތަކަށް ގެނައި "ސުޕަމޭން" އަކީ ބޮކްސް އޮފީހުގައި 612 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހެދީ 225 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

"ސުޕަމޭން" ގައި މި ފަހަރު ޓައިޓްލް ރޯލު ކުޅުނީ ޑޭވިޑް ކޮރެންސްވެޓް އެވެ.