ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކައުންޓަރުގެ ޚިދުމަތްތައް އެހެން އިމާރާތަކަށް ބަދަލު ކުރަން ނިންމައިފި އެވެ.
މިހާރު ކައުންޓަރުގެ ހިދުމަތްތައް ދެނީ ހަވީރީ މަގު، ޖުވެނައިލް ކޯޓު ކައިރީ ހުންނަ ހ. ސަކައިމޫ އިމާރާތުގެ ހަ ވަނަ ފަންގިފިލާގަ އެވެ. އެންސްޕާއިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކައުންްޓަރުންގެ ލިބޭނީ ކެނެރީ މަގުގައި ހުންނަ މ. އުތުރުވެހިގެ ހަވަނަ ފަންގިފިލާއިން ކަމަށެވެ.
އެންސްޕާ އަކީ ރާއްޖެ އާއި ރާއްޖޭން ބޭރުން ކުރާ ބޭސްފަރުވާ އާއި އެހެނިހެން ކަންކަމުގައި ދަތިވާ ފަރާތްތަކަށް މާލީ އެހީ ދޭ އިދާރާ އެވެ.