އައިފޯން 17 އާއި އިތުރު އުފެއްދުންތަކެއް ދައްކައިލަން ބާއްވާ އިވެންޓް މި މަހުގެ 9 ގައި އޮންނާނެކަން އެޕަލް އިން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އެ ކުންފުނީހެ ސީއީއޯ ޓީމް ކުކް، ސޯޝަލް މީޑިއާ ޕޯސްޓެއެއްގައި ވިދާޅުވި ގޮތުގައި އަންގާރަ ދުވަހުގެ އިވެންޓް ބާއްވާނީ "އޯ ޑްރޮޕިން" ގެ ނަމުގަ އެވެ. އެހެންވެ އިވެންޓަށް ތައްތާރުވާން އެދިވަޑައިގެންފައިވެ އެވެ.
އެޕަލްގެ އިވެންޓްގެ އެ ކުންފުނީގެ ވެބްސައިޓާއި އެހެން ޕްލެޓްފޯމްތަކުން ލައިވް-ސްްޓްރީމް ވެސް ކުރާނެ އެވެ.
އާ އުފެއްދުންތައް ދައްކައިލާ އިވެންޓް މި މަހުގެ 9 ގައި ބާއްވާނެކަން އެޕަލް އިން އިއުލާން ކުރުމުގެ ކުރިން ވެސް މީޑިއާތަކުން އޮތީ އެ ތާރީހުގައި އެޕަލް އިން އަހަރީ އިވެންޓް ބާއްވާނެ ވާހަކަ ރިޕޯޓްކޮށްފަ އެވެ.
އެޕަލްގެ މި އިވެންޓްގައި އައިފޯނު 17 ސީރީޒްގެ އިތުރުން އެޕަލް ވޮޗް 11 އެއާޕޮޓްސް ޕްރޯ 3 ގެ އިތުރުން އައިއޯސް 26 އާއި އަދި އެ ނޫން ވެސް އިތުރު އާ އުފެއްދުންތައް ދައްކައިލާނެ އެވެ.
އައިފޯން ސީރީޒްގައި ހަތަރު މޮޑެލްއެއް އެކުލެވޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެއީ އައިފޯން 17، އައިފޯން 17 އެއާ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް އެވެ.