Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ޖަމްޝީދާއި އަހުމަދު އަލުން ފުލުހުންގެ ވަޒީފާ އަށް

ކުރީ ސަރުކާރުގައި ޚިދުމަތުން ވަކިކުރި އިސް އޮފިސަރުން އަލުން ވަޒީފާ ދިނުމާ ގުޅިގެން ވަޒީފާތަކަށް ނުކުންނަން ފައްޓަވައިފި އެވެ.

އެ ދެ ބޭފުޅުންނަކީ މަގާމުން ވަކިކުރި އިރު އެސިސްޓެންޓް ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދެވެ. އެ ދެ ދެ ބޭފުޅުން ވަޒީފާތަކުން ވަކިކުރީ 2021 ގަ އެވެ.

ޖަމްޝީދާއި އަހުމަދަ އަލުން ވަޒީފާ ހަމަޖެއްސީ ވެސް އެސިސްޓެންޓް ކޮމިޝަނާ ރޭންކުގަ އެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު ޖަމްޝީދާއި އަހުމަދުގެ އިތުރުން އޭރު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފާއި އޭރު ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ދާއޫދާއި އޭރި ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ޝަމީމް ވެސް ވަޒީފާ އިން ވަކިކުރަން ނިންމި އެވެ.

އެކަމަކު އަބްދުﷲ ޝަރީފާއި މުހައްމަދު ދާއޫދާއި އިސްމާއިލް ޝަމީމް ވަކިކުރަން ނިންމި މައްސަލަ އެ ބޭފުޅުން ކޯޓަށް ހުށަހެޅުމުން އެ އޮފިސަރުން ވަޒީފާ އިން ވަކިކުރަން ނިންމި ނިންމި ތަންފީޒު ނުކުރަން ކޯޓުން އެންގި އެވެ. އަދި ޖަމްޝީދާއި އަހްމަދަށް ވެސް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރި އެވެ.

އެ މައްސަލަ ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން މި އަހަރުގެ ޖުލައި މަހު، ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ދައުލަތުން ހިފާ ކަމަށް ބުނެ ކޯޓުން މައްސަލަ ބާތިލުކޮށްފައިވެ އެވެ.