މިހާތަނަށް މަގުބޫލު އެތައް އެނިމޭޓެޑް ފިލްމެއް ގެނެސްދީފައިވާ ހޮލީވުޑްގެ މަޝްހޫރު ކުންފުނި، ޑިޒްނީން މުޅިން އާ އޮރިޖިނަލް އެނިމޭޓެޑް ފިލްމެއް އަންނަ އަހަރު ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.
އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 އަށް ތާވަލުކޮށްފައިވާ މި ފިލްމުގެ ނަމަކީ "ހެކްސްޑް" އެވެ. މީގައި ދައްކުވައި ދޭނީ ފުރާވަރުގެ ކުއްޖަކަށް ލިބިފައިވާ އާދަހިލާފު ހުނަރުތަކެއްގެ ސަބަބުން އޭނަގެ ހަޔާތް ބަދަލުވެގެންދާ ގޮތެވެ.
"ހެކްސްޑް" ގެ ޑައިރެކްޓަރުންނަކީ ޖޭޒަން ހާންޑާއި ޖޯޒީ ޓްރިނިޑާޑެވެ.
ޑިޒްނީން އެންމެ އަވަހަށް ދެން ގެނެސްދޭން އޮތް އެނިމޭޓެޑް ފިލްމަކީ 2016 ގައި ރިލީޒްކޮށް، އޮސްކާގެ މޮޅު އެނިމޭޓެޑް ފިލްމުގެ އެވޯޑް ވެސް ހޯދި "ޒޫޓޯޕިއާ" ގެ ސީކްއެލް އެވެ. ޖުމްލަ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 1.025 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
"ޒޫޓޯޕިއާ 2" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު 26 ގަ އެވެ.
ޑިޒްނީން މި ފަހުން އަންނަނީ އެ ސްޓޫޑިއޯ އިން ކުރިން ގެނެސްދީފައިވާ އެނިމޭޓެޑް ފިލްމުތައް ލައިވް-އެކްޝަން ފިލްމުތަކުގެ ގޮތުގައި ވެސް ގެނެސްދެމުންނެވެ. އެގޮތުން އެގޮތަށް ބޮޑެތި ހިޓްތަކުގެ ތެރޭގައި 2017 ގެ "ބިއުޓީ އެންޑް ދަ ބީސްޓް" އާއި 2019 ގެ "އަލައްދިން" އަދި އެ އަހަރު "ލަޔަން ކިންގް" ފާހަގަކޮށްލެވެ އެވެ.