Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ޓޫރިޒަމް ވިޔަފާރިތަކަށް އަމިއްލަ ކުންފުންޏަކުން ލޯނު

ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް އަމިއްލަ ފަރާތަކުން ދޫކުރަން ނިންމާފައިވާ ލޯނު ސްކީމަކަށް ހުޅުވައިލަން ތައްޔާރުވެއްޖެ އެވެ.

މި އެސްއެމްއީ ލޯނު ދޫކުރަނީ ސްކައި ބިޒްނެސް ކޮންސަލްޓަންސީގެ ފަރާތުންނެވެ. މި ދާއިރާގައި މިހާރު ފަސް އަހަރުގެ ތަޖުރިބާ ހުރި ކުންފުނިން ބުނީ 5،000،000ރ. އާ ހަމައަށް ލޯނުތައް ދޫކުރަން ނިންމާފައި ވަނީ ގެސްޓްހައުސް އާއި އެކްސްކާޝަނާއި ވޯޓާ ސްޕޯޓްސް އާއި ޑައިވިން ސެންޓަރާއި ޓްރެވެލް އެޖެންސީ ވިޔަފާރިތަމަށެވެ.

އެގޮތުން އެ ދާއިރާތަކުން މިހާރު ވެސް ވިޔަފާރި ހިންގަމުން އަންނަ އަދި އަލަށް އެ ދާއިރާތަކުން ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ވެސް ލޯނު ދޫކުރާނެ ކަމަށް ސްކައި ބިޒްނެސް ކޮންސަލްޓަންސީން ބުންޏެވެ.

އިސްލާމިކް ފައިނޭންސިން އުސޫލުގެ ދަށުން ދޫކުރަން ނިންމާފައުވާ ލޯނު ސްކީމަށް މި މަހުގެ 7 ވަނަ ހުޅުވައިލަން ނިންމާފައިވާ އިރު، ލޯނު އަނބުރާ ދެއްކުމަށް 10 އަހަރު ދުވަހުގެ މުއްދަތެއް ދޭނެ އެވެ. ގްރޭސް ޕީރިއަޑް އޮންނާނީ 18 މަހާ ހަމައަށެވެ.

މި ލޯނު ސްކީމާ ބެހޭ އިތުރު މައުލޫމާތު 7355554 އަދި 9181817 އިން ހޯދޭނެ އެވެ.