Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޓްރާންސްޝިޕްމަންޓްގެ ކާގޯ އަށް މިދިޔަ މަހު ރެކޯޑް މިންވަރެއް

ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި މިދިޔަ މަހު 1،900 ޓަނަށް ވުރެ ގިނަ މުދާ އުފުލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިދިޔަ މަހު ޓްރާންސްޝިޕްމަންޓްގެ ކާގޯގެ ގޮތުގައި ޖުމް؛ަ 1،934 ޓަނުގެ މުދާ އުފުލާފައިވާ ކަމަށެވެ. އަދި މިއީ ރެކޯޑެއްކަން އެމްއޭސީއެލުން ބުންޏެވެ.

އެ ކުންފުނުން ބުނީ މިއީ މި އަހަރުގެ މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެންމެ ގިނަ މުދާ އުފުލި މަސް ވެސް ކަމަށެވެ.

ޓްރާންސްޝިޕްމަންޓް ކާގޯ އަކީ، އެހެން ގައުމަކަށް ގެންދިޔުމުގެ މަގުމަތީގައި ރާއްޖެއަށް ގެނެސް، އެ ގައުމަކަށް ފޮނުވުމުގެ ކުރިން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓާ މުދަލެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައ ވީއައިއޭއިން 34،573 ޓަނުގެ މުދާ އުފުލާފައިވެ އެވެ. އެމިގޮތުން، ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 6،879 ޓަނުގެ މުދާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި އެއާ-ޓު-އެއާގެ 5،621 ޓަނުގެ މުދަލާއި އެއާ-ޓު-ސީގެ 1،258 ޓަނުގެ މުދާ ހިމެނެ އެވެ.