ޝަހުވަތުގެ ބާބުގައި ކުރިމަތިވާ އުނދަގޫތައް ޙައްލުކުރުމަށްޓަކައި އަންނަނިވި ކަންކަމުން ވާގި ހޯދާށެވެ.
1. ﷲ ޙަރާމްކުރެއްވި ތަންތަނާއި ކަންކަމަށް ބެލުން ތިރިކުރުން
2. ޖިންސީ ބައިތައް އެކުލެވިގެންވާ ލިޔުންތަކާއި ކިޔުންތަކާއި އަޑުއެހުންތަކާއި ބެލުންތަކުން ދުރުވުން
3- ނުބައި ރަޙްމަތްތެރިނާއި ދުރުހެލިވުން
4. ޝަހުވަތާ މެދު ފިކުރު ކުރުމުން ދުރުވުން
5. ހުސްވަގުތުތައް ފައިދާ ހުރި ކަމެއްގައި ހޭދަކުރުން
6. އަންހެނުންނާއި ފިރިހެނުން މަސްހުނިވާ ތަންތަނަށް ދިޔުން މަދުކުރުން ނުވަތަ ދުރުހެލިވުން
7. އީމާންކަން ވަރުގަދަކުރުން އަދި ﷲ އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުން
8. ގިނައިން ރޯދަ ހިފުން
9. ސާލިޙު ތަޤުވާވެރިންނަށް ﷲ ތައްޔާރު ކުރައްވާފައިވާ ހެޔޮޖަޒާ އާއި ޘަވާބުގެ މަތިން ހަނދުމަ ކުރުން
10. އިސްވެދިޔަ ޞާލިހު ތަޤުވާވެރި ޢިއްފަތްތެރި ބޭކަނލުންގެ ސީރަތާ މެދު ވިސްނާ ފިކުރުހިންގުން
11. ރަޙްމަތްތެރިންކަމުގައި ޞާލިޙް ރަގަޅު ތަޤުވާވެރިން އިޚްތިޔާރު ކުރުން
ޝަހުވަތުގެ މައްޗަށް ގަދަވެގަނެ ނަފްސު ހިމާޔަތް ކުރުމަކީ އިންތިހާއަށް މާތް އަދި މަތިވެރިކަމެއް ކަން ދެނެގަނެ، ހަރާމް ކަމަކަށް އިޖާބާދީ ވަގުތީ ލައްޒަތެއް ޙާސިލުވުމާއި އެނުބައިކަމުން ރައްކާތެރި ވުމަށް ކުރާ ނަފްސުގެ ޖިހާދުން އަޅާ ކިޔާ ހިއްވަރު ހޯދާށެވެ. އަދި ﷲ އަށް ދުޢާކުރުމާއި ދެންނެވުމުން ވާގި ހޯދާށެވެ.
މަސްދަރު: އިލްމު.އެމްވީ