މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް، ބަޔާން ހުށަހަޅަން 15 ދުވަހުގެ ނޯޓިހެއް ރައްޔިތުންގެ މަޖިލީހުން ދީފި އެވެ.
މިހާރު ހިނގަމުން އަންނަ 20 މަޖިލީހުގެ މެމްބަރުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ އެންމެ ފަހު ތާރީހަކީ މިދިޔަ މަހުގެ 31 އެވެ.
އެ ތާރީހު ފަހަނައަޅައި ދިޔަ އިރު ވެސް 93 މެންބަރުންގެ ތެރެއިން ފަސް މެންބަރަކު އަދިވެސް ބަޔާން ހުށަނާޅުއްވައި އެބަތިއްބެވި އެވެ.
1. ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު
2. މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރު
3. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމް
4. ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން
5. މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު
މަޖިލީހުގެ އިދާރާގ ބުނީ އެ މެންބަރުންގެ މާލީ ބަޔާންތައް ހުށަހެޅުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން 15 ދުވަހުގެ ނޯޓިހެއް އަމީންއާއްމު މިިދިޔަ ހޯމަ ދުވަހު ފޮނުވާފައިވާ ކަަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާ މެމްބަރުންނަށް އަޅާ ފުރަތަމަ ފިޔަވަޅަކީ 15 ދުވަހުގެ ފުރުސަތެއް ދިނުމަށްޓަކައި އެކަން ލިޔުމުން އެންގުމެވެ. އަދި އެ މުއްދަތު ހަމަވާއިރު މާލީ ބަޔާން ހުށަނާޅާ ނަމަ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ މެމްބަރެއްގެ ނަން އިއްވައި، ތަޅުމުން ނެރުމަށް ލާޒިމްކުރެ އެވެ.
އެހެންވެ އެގޮތަށް ނަން އިއްވައިފި ނަމަ އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ދެން ބައިވެރިވެވަޑައިގެންނެވޭނީ މާލީ ބަޔާން ހުށަހެޅުއްވުމުންނެވެ. އަދިލީ ބަޔާން ހުށަނާޅައި ހޭދަވާ ކޮންމެ ދުވަހަކަށް، އެ މެންބަރެއްގެ މުސާރައިން ދުވަހަކަށް ޖެހޭވަރު އުނި ވެސް ކުރެވޭނެ އެވެ.