Last Updated: July 8, 14:17
Wednesday, July 8, 2026
ޚަބަރު

ހއ.އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތް

ހއ.އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތް ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މި ޚިދުމަތް ފެށުމުން ހއ. އަތޮޅުގައި ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއްވެ، މިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މިއީ އަތޮޅު ހޮސްޕިޓަލެއްގައި މި ހިދުމަތް ފެށި ފުރަތަމަ ފަހަރެވެ. ސްޕީޗް ތެރަޕީގެ ޚިދުމަތް އަތޮޅުތެރޭގައި މިހާތަނަށް ޤާއިމުކޮށްފައިވަނީ ރީޖަނަލް ދެ ހޮސްޕިޓަލެއްގަ އެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގަ އެވެ.

ހއ އަތޮޅު ހޮސްޕިޓަލުން ވަނީ މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ގޮތުން ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލާފަ އެވެ.

މި އަހަރުގެ ތެރޭގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސައިކޮލޮޖީގެ ޚިދުމަތްތައް ވެސް އިތުރަށް ފުޅާކުރުމަށް ރާވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.