ރާއްޖޭގެ މެރިކަލްޗާ ސިނާއަތަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމަށް ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަގުސަދަކީ ރާއްޖޭގެ މެރިކަލްޗާ ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުން ކަމަށެވެ.
މެރިކަލްޗާ ސިނާޢަތް ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމާޒެކެވެ.
މީގެއިތުރުން އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމުކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެކުވެސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މި މަޝްރޫއަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.