އިމިގްރޭޝަނުން "އިމިގްރޭޝަން އިންސައިޓްސް" ގެ ނަމުގައި ޕްރޮގްރާމް އިފްތިތާހުކޮށްފި އެވެ.
އެ ޕްރޮގްރާމް ރޭ އިފުތިތާހުކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.
އިމިގްރޭޝަނުން ބުނީ "އިމިގްރޭޝަން އިންސައިޓްސް" ގެ މަގްސަދަކީ އިމިގްރޭޝަންގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުން އަރާ ކަންތައްތައް ސާފުކޮށް ދިނުމާއި، އެންމެ ފަހުގެ މައުލޫމާތުތައް ތަފުސީލުތަކާ އެކު އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން ޕްރޮގްރާމުގެ އެޕިސޯޑުތައް މި މަހު ފަށާނެ ކަމަށް ބުންޏެވެ.