Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެެއް

މާލޭގެ ގެއެެއްގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހ. ފެނިގެއްލިދާގޭގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ.

އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަ ނީ މިއަދު 08:19 ހާއިރު އެވެ. އެއާ އެކު ފަޔަފައިޓަރުން ގޮސް، ރޯވި އަލިފާން ނިއްވައިލަން ކުތި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 08:36 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.