Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ތިނަދޫ ރޯހައުސްތަކަށް އެދެން އާދީއްތަގައި ހުޅުވާލަނީ

ތިނަދޫ ސިޓީގައި އިމާރާތްކުރަމުން އަންނަ ރޯހައުސްއަށް ކުރިމަތިލާން އަންނަ އާދީއްގަ ދުވަހު ހުޅުވައިލަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ވަނީ އެކަމާ ބެހޭ އުސޫލު ވެސް މިހާރު އާންމުކޮށްފަ އެވެ.

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލާނީ 'ހިޔާވަހި' ޕޯޓަލް މެދުވެރިކޮށެވެ. މިނިސްޓްރީން ބުނީ އާދީއްތަ ދުވަހު އެ ފުރުސަތު ހުޅުވައިލުމަށް ފަހު، ފޯމު ހުށަހެޅުމިގެ ފުރުސަތު އަންނަ ނޮވެމްބަރު 7 އާ ހަމައަށް އޮންނާނެ ކަމަށެވެ.

ތިނަދޫގައި ހަދަމުން އަންނަނީ ތިން ކޮޓަރީގެ 200 ރޯހައުސްއެ ވެ.

މި ރޯހައުސްތަކަސް އެދި ހުށަހަޅާ އިރު، ހުށަހަޅާ ފަރާތަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެގެންނުވާނެ އެވެ. އަދި، މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000ރ. ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ފަރާތަކަށް ވެސް ވެގެން ނުވާނެ އެވެ.

ރޯހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރައްޔިތުންގެ އިތުރުން އެ ސިޓީގައި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ. އުސޫލުގައި ބުނެފައިވަނީ، ތިނަދޫ ނޫން ރަށްވެހިން، ތިނަދޫގައި ދިރިއުޅެމުން އަންނަކަން ނުވަތަ ތިނަދު އަށް ހިޖުރަކޮށް، މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 10 އަހަރު ވާން ޖެހޭނެ ކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ހާއްސައެހީ އަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކާއި، ނުވަތަ ޝަރުޢީ ގޮތުން ނުވަތަ ޤާނޫނީގޮތުން ހަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތްތައް ނުވަތަ މައިންބަފައިން ބަލަހައްޓަމުން އަންނަ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ ތަރުތީބުގައި ހާއްސަ ގޮތްތަކެއް ކަނޑައަޅާފައިވެ އެވެ.

ތިނަދު އަކީ ކުރިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓްތަކެއް ވެސް އަޅާފައިވާ ސިޓީއެކެވެ. އެ ތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.