މީގެ ދެ މަހެއްހާ ދުވަސް ކުރިން މާލޭގެ ފިހާރައަކުން ރޮލެކްސް ގަޑިއެއް ވަގަށް ނެގި އަންހެން މީހާ އަނެއްކާ ވެސް ވައްކަންކޮށްގެން ހައްޔަރުކޮށްފި އެވެ.
ރޮލެކްސް ގަޑިއަކާ އާއި އަގުބޮޑު ކެމެރާ ލެންސެއްގެ އިތުރުން އެހެނިހެން ބައެއް ތަކެތި ވަގަށް ނެގިކަމުގެ ތުހުމަތުގައި ޖުލައި މަހުގެ ތެރޭގައި ހައްޔަރުކިރީ މ. ޕެރީވިންކްލް، މައިޝާ މުހައްމަދު، 26، އެވެ.
އޭނަ އަލުން ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަކް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 7 ދުވަސް ޖަހާފައިވެ އެވެ. މައިޝާގެ މައްޗަށް ފުލުހުން ކުރަނީ ވައްކަމުގެ ތުހުމަތާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ.