Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ދ. އަތޮޅު ކައުންސިލުން މިނިމަސްގަލި ކުއްޔަށް ދީފި

ދ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މިނިމަސްގަލި ކުންފުންޏަކަޑް ކުއްޔަށް ދީފި އެވެ.

ޖުމްލަ 21 އަހަރުގެ މުއްދަތަކަށް އެ ރަށް ކުއްޔަށް ދިނީ ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށެވެ. މި އެއްބަސްވުމުގެ ދަށުން އެ މުއްދަތުގެ ތެރޭގައި ކައުންސިލަށް ޖުމްލަ 50.4 މިލިއަން ރުފިޔާއަށް ލިބިގެން ދާނެ އެވެ.

ދ. އަތޮޅު ކައުންސިލުން ނެރުނު އިއުލާނެއްގައ ބުނީ މިނިމަސްގަލި، ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާތީ އެ ކުންފުނީގެ ހުއްދަ ނެތި އެއްވެސް ބަޔަކު އެ ރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

މިނިމަސްގަލި ކުއްޔަށް ދިނީ ދަނޑުވެރިކަމުގެ މަސައްކަތަށެވެ. އެ ރަށުގެ އެއްބަސްވުމުގެ ދަށުން އިކުއިޒިޝަން ފީގެ ގޮތުގައި 3.9 މިލިއަން ރުފިޔާ ޔަޝް އެގްޒޮޓިކް އައިލެންޑުން ކައުންސިލަށް ޖަމާކޮށްފައިވެ އެވެ.

މީގެ އިތުރުން، އެ ކުންފުނިން ރަށުގެ ކުއްޔަށް މަހަކު 200،000ރ. ދައްކާނެ އެވެ. އެހެންވެ އެތަނުން ކައުންސިލަށް އަހަރަކު 2.4 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ޔަޝް އެގްޒޯޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަކީ މިހާރު ވެސް ދ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ކުންފުންޏެކެވެ.

މިނިމަސްގަލި ދ. އަތޮޅު ކައުންސިލާ ހަވާލުކިރީ މި އަހަރުގެ ޖެނުއަރީގަ އެވެ.