ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި, ކުއްލި ގޮތަކަށް މަރުވި އަދީލް އަހުމަދު، 21، އޮޓޮޕްސީ ހެދުމަށްފަހު އޭނާގެ ހަށިގަނޑު މާލެ ގެނެސް ވަޅުލައިފި އެވެ.
އަދީލްގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާގެ ހަށިގަނޑު އޮޓޮޕްސީއަށްފަހު އަނބުރާ ރާއްޖެ ގެނެސް ވަޅުލީ ރޭ ފަތިސް ނަމާދަށްފަހު އާސަހަރާގަ އެވެ.
ރިސޯޓެއްގައި ޒުވާން ފިރިހެނަކު މަރުވި މައްސަލައެއް ރިޕޯޓުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް ފުލުހުން ނުބުނެ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެ އެވެ.