Last Updated: July 8, 13:11
Wednesday, July 8, 2026
ކުޅިވަރު

މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް މޮރޮކޯ ކޮލިފައިވެއްޖެ އެވެ.

މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިވީ ރޭ ނައިޖާގެ މައްޗަށް 5-0 އިން ކުރި ހޯދައިގެންނެވެ. މޮރޮކޯ އަކީ އެފްރިކާ އިން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި މޮރޮކޯ އިން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އިސްމާއިލް ސައިބަރީ އެވެ. އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ އަޔޫބް އެލް ކާބީ އާއި ހަމްޒާ އިގްމާންގެ އިތުރުން އޮނޫހާއީ އެވެ.

މޮރޮކޯ އިން ވަނީ އެންމެފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ސެމީން ޖާގަ ހޯދި ފުރަތަމަ އެފްރިކާގެ ޓީމެވެ.

ގްރޫޕްގެ އެއްވަނަ ހޯދައިގެން އެފްރިކާ ބައްރުން ގަދަ 9 ޓީމަށް ވޯލްޑް ކަޕުން ޖާގަ ކަށަވަރުވާނެ އެވެ. އަދި ގްރޫޕްތަކުން ދެވަނަ ހޯދާ އެންމެ ގަދަ ހަތަރު ޓީމަށް ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ.