އެމެރިކާގެ ލީގްސް ކަޕް ފައިނަލުގައި، ސިއޭޓަލް ސައުންޑާސްގެ އޮފިޝަލެއްގެ މޫނަށް ކުޅު ޖެހި މައްސަލައިގައި، އިންޓަ މަޔާމީގެ ފޯވާޑް ލުއިސް ސުއަރޭޒް 6 މެޗަށް ސަސްޕެންްޑް ކޮށްފި އެވެ.
ފައިނަލްގައި އިންޓަ މަޔާމީ ވަނީ 3-0 އިން ސިއޭޓަލް ސައުންޑާސް އަތުން ބަލިވެފަ އެވެ. އެ މެޗަށް ފަހު އިންޓަ މަޔާމީގެ ކުޅުންތެރިންނާއި ސިއޭޓަލްގެ އޮފިޝަލުންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިންގާފައިވެ އެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން ސުއަރޭޒް ވަނީ ސިއޭޓަލްގެ ޑިރެކްޓާ އޮފް ސެކިއުރިޓީ ޖީން ރަމިރޭޒްގެ މޫނަށް ކުޅު ޖަހައިފަ އެވެ.
އަދި އިންޓަ މަޔާމީގެ ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ސިއޭޓަލްގެ ކުޅުންތެރިއެއްގެ ގައިގައި ޖަހާ މަންޒަރުވެސް ފެނިފައިވެ އެވެ.
މި މައްސަލަތައް ބެލުމަށްފަހު ލީގްސް ކަޕްގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ސުއަރޭޒް 6 މެޗަށް ސަސްޕެންޑް ކުރަން ނިންމައިފަ އެވެ. އަދި ބުސްކެޓްސް ދެ މެޗަށް ސަސްޕެންޑް ކުރަން ނިންމިއިރު، އެޓީމުގެ ތޯމަސް އަވިލެސް ތިން މެޗަށް ސަސްޕެންޑް ކުރަން ވަނީ ނިންމައިފަ އެވެ. މި ސަސްޕެންޝަންތައް ހިނގާނީ ހަމައެކަނި ލީގްސް ކަޕްގެ މެޗުތަކަށެވެ.
ސިއޭޓަލްގެ އޮފިޝަލެއްގެ މޫނަށް ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް ވަނީ ފަހުން މައާފަށް އެދިފަ އެވެ.