Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ގޭންގް ކުށްތަކުގެ ގާނޫނުގެ ދަށުން 3 މީހަކު ހައްޔަރަށް

ދާދި ފަހުން ކުށް އަމަލު ކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެ ސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ކުރިމިނަލް ކޯޓުގެ ބަންދު އަމުރުތަކަކުން އެނގޭ ގޮތުގައި ފުލުހުން ވަނީ އެ ގާނޫނުގެ ދަށުން މއ. މޯނިންވިއު، މާލެ، އިބްރާހިމް ޒައިދާން، 22، އާއި މއ. މޯނިންވިއު، މާލެ، އަހްމަދު ނަވާޒް، 30، ގެ އިތުރުން ބަށިމާގެ، ލ. މާބައިދޫ، މުހައްމަދު ޝިދާދު، 22، ހައްޔަރުކޮށްފަ އެވެ.

އެ ތިން މީހުންނަށް ވެސް ކުރަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން އެ ތިން މީހުން ހައްޔަރުކުރީ ފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އޭނުންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުންނެވެ. ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޒައިދާނާއި ޝިދާދު 15 ދުވަހަށް އަދި ނަވާޒުގެ ބަންދަށް 30 ދުވަސް ޖަހައިފަ އެވެ.

ތިން މީހުންގެ ބަންދު ޖެހީ ގޭންގުތަކުން ހިންގާ ކުށްތަކާއި އޭނުންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން، އެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭތީ ކަމަށް އަމުރުގައިވެއެވެ.

ބޮޑެތި އަދަބުތަކއް ހިމެނޭ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު ފުލުހުން ތަންފީޒު ކުރަން ފެށީ މިދިޔަ މަހުގެ 25 ގަ އެވެ.