މީގެ ކުރިއާ ހިލާފަށް މި އަހަރުގެ ސެޕްޓެމްބަރު މަހަކީ ރާއްޖެ އަށް ވާރޭ ވެހުން މަދު މަހަކަށް ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.
އެތަނުން ބުނީ ފާއިތުވި އަހަރުތަކުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، މި ސެޕްޓެމްބަރުމަހު ރާއްޖެއަށް ވާރޭ ވެހޭ ވަރު މަދުވާނެ އެވެ. އަދި ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް އާންމުކޮށް ހުންނަ ވަރަށް ހުރި ނަމަވެސް، ދެކުނު ހިސާބުތަކަށް އާދަޔާހިލާފަށް މަތި ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Rainfall and Temperature outlook for September. pic.twitter.com/U1xcSnjdUa
— Maldives Meteorology (@MetMaldives) September 3, 2025
މޫސުމާ ބެހޭ އިދާރާއިން އާންމުކޮށް ވާރޭ ވެހޭ ވަރު އަންދާޒާ ކުރަނީ ދިގު މުއްދަތުގެ ރެކޯޑްތަކަށް ބަލައިގެންނެވެ. އެގޮތުބް މި ސެޕްޓެމްބަރު މަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހުން މަދުވާނެކަމަށް ލަފާކޮށް، އަންދާޒާ ނެރެފައި ވަނީ 1991-2020 ވަނަ އަހަރާ ދެމެދު ސެޕްޓެމްބަރު މަހު ރާއްޖެއަށް ވާރޭ ވެހިފައިވާ މިންވަރަށް ރިއާޔަތްކޮށެވެ.