Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ހިތަދޫގައި ޤުރުއާން މަރުކަޒުގެ އައުޓްރީޗް ސެޓަރެއް

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް އައްޑޫ ހިތަދޫގައި ހުޅުވައިފި އެވެ.

އެތަން ހުޅުވީ ރޭ ބޭއްވި ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ޤުރުއާނާ ބެހޭ މަރުކަޒުގެ އިސް ބޭފުޅުންތަކެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ "އައްޑޫ ސިޓީ ހިތަދޫ އައުޓްރީޗް ސެންޓަރު" ހިންގާނީ އެ މަރުކަޒާއި ހިތަދޫގެ އައިއާރް ޤުރުއާން ކުލާހުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.

ހިތަދޫގައި ހުޅުވި އައުޓްރީޗް ސެންޓަރުގެ ކީރިތި ޤުރުއާން އުނގެނުމުގެ ތަފާތު ޕްރޮގްރާމްތައް އެކި އުމުރުފުރާތަކަށް ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ޤުރުއާން ހިތުދަސްކުރަން ހިްގާ ހިފްޒް ކްލާސްތައް ވެސް ހިމެނެ އެވެ.

ރާއްޖޭގައި ޤުރުއާން ހިތުދަސް މީހުން އެންމެ ގިނައީ އަައްޑޫގަ އެވެ.