Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

މާދަމާ ރޭ ކޭތަ ނަމާދު ކުރާނެ

މާދަމާ ރޭ ހިފާ ހަނދުކޭތައާ ގުޅިގެން ރާއްޖޭގައި ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން ނިންމާފައިވާ އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެތަނުން ނެރުނު ސާއުލާއެއްގައި ބުނީ މާދަމާ ރޭ ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 08:28 ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ ންދަމު އަލިވެ 11:11 ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ ރާއްޖެ ގަޑިން މެންދަމު އަލިވެ 01:55 ހާއިރު ކަމަށެވެ.

އެހެންވެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު 11:12 ގައި ކުރަން ކައުންސިލްތަކަށް އަންގަވާފައުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާދަމާ ރޭގެ ހިފާ ރާއްޖެއަށް ފުރިހަމައަށް ފެންނާނެ އެވެ. ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ ޑިސެމްބަރު މަހުގެ 31، 2028 ގަ އެވެ.