Last Updated: July 8, 11:51
Wednesday, July 8, 2026
ޚަބަރު

އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަނީ

މިދިޔަ ހަފްތާގައި ސިންގަޕޫރުގައި އަވަހާރަވި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެއް ބާނީ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ހަނދާނުގައި ތައުޒިޔާ ދަފްތަރެއް ހުޅުވަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނިންމައިފި އެވެ.

އެމްޔޫ މަނިކުގެ ހަނދާނުގައި ހުޅުވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9 އިން ހަވީރު 5އަށް ދަފްރުގައި ސޮއި ކުރެވޭނެ އެވެ.

ސޮއި ކުރުން އޮންނާނީ މަޓީގެ އޮފީސް، ފަސްމީރު ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގަ އެވެ.

އެމްޔޫ މަނިކު، 78، އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމާއި މަޓީގެ ޗެއާމަންކަން ވެސް ކުރެއްވި ބޭފުޅެކެވެ.